ޔުނިސެފްގެ ސައުތު އޭޝިއާގެ ޑައިރެކްޓަރ ވ.ކެޔޮދޫ އަށް ޒިޔާރަތް ކުރައްވައިފި

ޔުނިސެފްގެ ސައުތު އޭޝިއާގެ ޑިރެކްޓަރއާއި ވަފުދުގެ ބޭފުޅުން އިއްޔެ (2023 ފެބްރުވަރީ 27) ގެ ހެނދުނު ވަނީ ވ.ކެޔޮދޫއަށް ޒިޔާރަތް ކުރައްވާފައެވެ. މި ދަތުރުފުޅުގައި ވަފުދުގެ ބޭޅުން އެންމެ ފުރަތަމަ ޒިޔާރަތް ކުރެއްވީ ކެޔޮދޫ ސްކޫލަށެވެ. އެއަށްފަހު ކެޔޮދޫ ކައުންސިލްގެ އިދާރާއަށް ވަޑައިގެން ކެޔޮދޫ ކައުންސިލާއި، “އިބަމާ” ގެ ފަރާތުން އެޖަމިއްޔާގެ މެންބަރުންގެ ގޮތުގައި ކެޔޮދޫއިން ކަނޑައަޅުއްވާފައިވާ ފަރާތްތަކާ  ބައްދަލުކުރެއްވިއެވެ. މި ބައްދަލުވުމުގައި ކެޔޮދޫ ކައުންސިލްގެ ފަރާތުން، ކެޔޮދޫ ފެހި ކުރުމުގެ މަޝްރޫޢުގެ ދަށުން މިހާތަނަށް ކުރެވިފައިވާ މުހިންމު މަސައްކަތްތަކާއި ކުރިއަށް ރޭވިފައިވާ މުހިންމު ކަންކަން ހިއްސާކުރައްވާ ޕްރެޒެންޓޭޝަނެއް ހުށައެޅުއްވިއެވެ. އަދި މީގެ އިތުރުން، ކެޔޮދޫގައި “އިބާމާ” ގެ މަސައްކަތްތައް ކުރިއަށް ދާ ގޮތާއި، “އިބާމާ” ގެ ފަރާތުން ކެޔޮދޫއަށް ކޮށްދެއްވާފައިވާ ކަންކަމާއި، ކުރިއަށް ރޭވިފައިވާ ކަންކަން ބަޔާން ކުރައްވައި އެ ކޮމިޓީގެ މެންބަރުންގެ ފަރާތުންވެސް ޕްރެޒެންޓޭޝަނެއް ހުށައަޅުއްވާފައިވެއެވެ 

 

ވަފުދުގެ ފަރާތުން  ބައްދަލުވުމުގައި ބައިވެރިވެޑައިގެންނެވި ބޭފުޅުންނަކީ  

Mr.George Laryea-Adje, Reginal Director, UNICEF, Reginal Office for South Asia 

Dr. Edward Addai, Representative, UNICEF Maldives  

Mr. Paulo Sassarao, Deputy Representative, UNICEF Maldives 

Ms.Fazna Shakir, Minister of State, Ministry of Gender, Family and Social Service 

Ms. Nashiya Abdul Ghafoor, Director,Health Protection Agency, Ministry of Health  

Mr. Ibrahim Naseem, Social Policy Specialist, UNICEF Maldives 

Mr. Mohamed Naeem, Child Protection Specialist,, UNICEF Maldives 

Ms. Fathimath Shehezinee, Consultant, UNICEF Maldives 

 

ކައުންސިލްގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންނަކީ: 

އަޙްމަދު ސިރާޖު، ކައުންސިލްގެ ރައީސް 

އަޙްމަދު ސަނީ އިބްރާހީމް، ނައިބު ރައީސް 

އާމިނަތު ޢަލީ، ކައުންސިލް މެމްބަރ 

ޒުނައިރާ އިބްރާހީމް، ކައުންސިލް މެމްބަރ 

އަޙްމަދު އަސްލަމް، ކައުންސިލް މެމްބަރ 

އަޙްމަދު ނިޒާރު އިބްރާހީމް، އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް  

މުޙައްމަދު އަޝްރަފް، އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް 

 

ކެޔޮދޫގައި ތިއްބަވާ “އިބަމާ” ގެ މެންބަރުންގެ ގޮތުގައި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންނަކީ: 

 އަޙްމަދު ސަނީ އިބްރާހީމް، ޗެއަރޕަރސަން، ކެޔޮދޫ ކައުންސިލް

 އާމިނަތު ޢަލީ، މެމްބަރ، ކެޔޮދޫ ކައުންސިލް

 އަޙްމަދު ނިޒާރު އިބްރާހީމް، މެމްބަރ، ކެޔޮދޫ ކައުންސިލް

ޢާއިޝަތު ޝަޢިޤާ އާދަމް، މެމްބަރ، ކެޔޮދޫ ކައުންސިލް 

 އާސިމާ އިބްރާހީމް، މެމްބަރ، ކެޔޮދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ

 އާސިހާ އިބްރާހީމް، މެމްބަރ، ކެޔޮދޫ ހެލްތް ސެންޓަރ

 

މިއީ، ޔުނިސެފުންް މި ރީޖަންއަށް ކަނޑައަޅުއްވާފައިވާ ވެރިއެއް ކެޔޮދޫއަށް ޒިޔާރަތް ކުރެއްވި ފުރަތަމަ ފަހަރެެވެ. 

Leave a Reply

Your email address will not be published. Required fields are marked *