ވ.ކެޔޮދޫ ކަނބަލުންނަށް ޚާއްޞަކޮށްގެން ކަސްރަތު ހަރަކާތަކާއި ހެނދުނުގެ ނާސްތާ ޕްރޮގްރާމެއް ކުރިއަށް ގެންދަވައިފި

ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، ވ.ކެޔޮދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ރަށުގެ ކަނބަލުންނަށް ޚާއްޞަކޮށްގެން ކަސްރަތު ހަރަކާތަކާއި ހެނދުނުގެ ނާސްތާ ޕްރޮގުރާމެއް ކުރިއަށް ގެންދަވައިފިއެވެ. މި ޕްރޮގުރާމަކީ ރަށުގެ އެންމެހާ ކަނބަލުންނަށް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިގެން ކުރިއަށް ގެންދެވުނު ޕްރޮގުރާމެކެވެ. އެގޮތުން ޕްރޮގުރާމް ފެށިގެން ދިޔައީ، މާރިޗު 4 ވީ ހޮނިހިރު ދުވަހު ހެނދު 6:00 ގައި ރަށުގެ ޢާއްމު ބީޗް ސަރަހައްދުގައި ބޭއްވުނު ކަސްރަތު ހަރަކާތުންނެވެ. އަދި ކަސްރަތު ހަރަކާތަށް ފަހު، ހަށިގަނޑަށް ފައިދާހުރި ތަފާތު ބާވަތްތައް ހިމެނޭ ހެނދުނު ނާސްތާއެއްގައި ޕްރޮގުރާމްގެ އެންމެހާ ބައިވެރިން ބައިވެރިވިއެވެ. މި ޕްރޮގުރާމްގެ ކަސްރަތު ހަރަކާތް ކުރިއަށް ގެންގޮސްދެއްވީ ކެޔޮދޫ ޕޮލިސް ޕޯސްޓުގެ ފަރާތުންނެވެ.  

މި ޕްރޮގްރާމަކީ ކެޔޮދޫ ކައުންސިލް އިދާރާއި ކެޔޮދޫ ޕޮލިސްޕޯސްޓްގެ އެހީއާއެކު ކުރިއަށް ގެންދެވުނު ޕްރޮގްރާމެެވެ. އަދި މިއީ 2023 ވަނަ އަހަރުގެ ބައިނަލް އަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުރިައށް ގެންދެވުނު ފުރަތަމަ ހަރަކާތެވެ.  

Leave a Reply

Your email address will not be published. Required fields are marked *