ވ.ކެޔޮދޫ ކައުންސިލްގެ ރަސްމީ ވެބްސައިޓް އިފްތިތާޙު ކުރައްވައިފި
ވ.ކެޔޮދޫ ކައުންސިލްގެ ރަސްމީ ވެބްްަސައިޓް، ފެލިދެއަތޮޅު އަތޮޅު ކައުންސިލްގެ ރައީސް ޝުޖާޢު ޢަލީ ރޭ އިފްތިތާޙް ކޮށްދެއްވައިފިއެވެ. ވެބްސައިޓް އިފްތިތާޙް ކޮށްދެއްވުން އޮތީ، ކައުންސިލުން 2023 ވަނަ އަހަރު ރައްޔިތުންނާ ބައްްދަލުކުރެއްވުމަށް ބޭއްވެވި ފުރަތަ ޖަލްސާގައެވެ.
މި ވެބްސައިޓް އިފްތިތާޙް ކުރެއްވުމާއި ގުޅިގެން ވ.ކެޔޮދޫ ކައުންސިލްގެ އެންމެހާ މަސައްކަތްތަކާއި، ކައުންސިލްގެ ނިންމެވުންތަކާއި، ކައުންސިލުން ޢާއްމު ކުރައްވާ ޤަވާއިދުތަކާއި އުޞޫލުތަކާއި، ކައުންސިލްގެ ރިޕޯޓުތަކާއި އަދި އެހެނިހެން ގޮތްތޮތުންވެސް ކައުންސިލާއި ގުޅޭ މުހިންމު މަޢުލޫމާތު ތައް ފަސޭހަކަމާއެކު ރައްޔިތުންނާ ހަމައަށް ފޯރުކޮށްދެވިގެން ދާނެއެވެ.
އަދި މީގެ އިތުރުން، ވެބްސައިޓް ލޯންޗް ކުރެއްވުމުން ކައުންސިލްގެ ޚިދުމަތްތަކަށް އެދި ރަށުގެ ރައްޔިތުން ހުށަހަޅުއްވަންޖެހޭ ފޯމުތައްވެސް ވެބްސައިޓް މެދުވެރިކޮށް ޑައުންލޯޑް ކުރެއްވޭނެ އިންތިޒާމު ހަމަޖެހި، އެކަމުގައިވެސް ރައްޔިތުންނަށް ވަރަށްބޮޑު ލުއިކަމެއް ލިބިގެން ދާނެއެވެ.
ވ.ކެޔޮދޫ ކައުންސިލްގެ ރަސްމީ ވެބްސައިޓް އެޑްރެހަކީ www.keyodhoo.gov.mv އެވެ.