ކަނބަލުންގެ ވޮލީ މުބާރާތް 2023 ފެށިއްޖެ

ވ.ކެޔޮދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ބާއްވާ ކަނބަލުންގެ ވޮލީ މުބާރާތް 2023 ފެށިއްޖެއެވެ. މި މުބާރާތުގައި ޖުމްލަ 4 ޓީމެއް ބައިވެރިވެފައިވާއިރު މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 2023 މާރިޗު 4 އިން 11 އަށެވެ.  

މި މުބާރާތުގައި ޗެމްޕިއަން ޓީމަށާއި، ފެއަރ ޕްލޭ ޓީމަށާއި އެންމެ މޮޅު 6 ކުޅުން ތެރިންނަށް ޚާއްޞަ އިނާމުތަކެއް ދިނުމަށް ހަމަޖެހިފައިވާއިރު މުބާރާތުގެ މެޗްތައް ހަވީރު އަދި ރޭގަނޑުވެސް ކުޅުމަށް ހަމަޖެހިފައިވެއެވެ.  

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ހުށައަޅުއްވާފައިވާ ފައިސާގެ އިނާމަކީ، ކެޔޮދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ކަނބަލުންގެ ވޮލީ މުބާރާތަށް މިހާތަނަށް ހުށައަޅުއްވާފައިވާ އެންމެ ބޮޑު ފައިސާގެ އިނާމެވެ. 

ކަނބަލުންގެ ވޮލީ މުބާރާތް 2023 ގައި ބައިވެރިވެލައްވާ ޓީމުތަކަކީ 

ގޮއްޔެ، ފުލެމިންގޯ، ބުލްބުލް އަދި ދަނބުކޮއެ އެވެ. މިއީ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުރިއަށް ގެންދާ މުބާރާތެކެވެ. 

Leave a Reply

Your email address will not be published. Required fields are marked *