ޕާކިސްތާނުގެ ހައި ކޮމިޝަނަރ، އަދި ވަފުގެ ބޭފުޅުން ކެޔޮދޫއަށް ޒިޔާރަތް ކުރައްވައިފި

ޕާކިސްތާނުގެ ހައި ކޮމިޝަނަރ އަދި އެބޭފުޅާއާއެކު ވަފުދުގެ ބޭފުޅުން، ކެޔޮދޫއަށް ޒިޔާރަތް ކުރައްވައިފިއެވެ. މިޒިޔާރަތުގައި ވަފުފުގެ ބޭފުޅުން ކައުންސިލްގެ އިދާރާއަށް ވަޑައިގެން، ކައުންސިލާއެކު ބައްދަލުކުރެއްވުމެއްގައި ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލު ކުރެއްވުމުގައި،  ރަށުގެ އެންމެހާ ރައްޔިތުންނަށް ޚިދުމަތް ލިބޭނެ ފަދަ ލައިބްރަރީ އިމާރާތަކާއި، ރީޑިންގ އޭރިއާއެއް ތަރައްޤީ ކުރުމާ ގުޅޭ ގޮތުން ވަރަށް ތަފްޞީލީ މުހިންމު މަޢުލޫމާތު ތަކެއް ކައުންސިލްގެ ފަރާތުން ހައިކޮމިޝަނަރއާ ހިއްސާކުރައްވައި އެކަމާ ބެހޭ މުހިންމު މަޝްވަރާ ތަކެއް ކުރެވުނެވެ. އަދި މީގެ އިތުރުން ރަށުގައި ކުރަން ރޭވިފައިވާ  މުހިންމު ކަންކަމާގުޅޭ ގޮތުންވެސް މަޝްވަރާ ކުރެވުނެވެ. މި ބައްދަލުކުރެއްވުމުގައި ކެޔޮދޫ ސްކޫލުގެ ޕްރިންސިޕަލް އަލްފާޟިލާ ޒަޢީމާ ޙަސަންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުކުރެއްވުމަށްފަހު ހައިކޮމިޝަނަރ އަދި ވަފުދުގެ ބޭފުޅުންވަނީ ކެޔޮދޫ ސްކޫލަށްވެސް ޒިޔާރަތް ކުރައްވާފައެވެ. 

Leave a Reply

Your email address will not be published. Required fields are marked *