ވ.ކެޔޮދޫ ކައުންސިލްގެ ފަރާތުން މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ ޕލކ އާ ބައްދަލުކުރެއްވުން

މި ބައްދަލުވުމުގައި ކެޔޮދޫ ކައުންސިލްގެ ފަރާތުން ވަނީ،  30 ސެޕްޓެމްބަރ 2020ގައި ކެޔޮދޫ ބަނދަރު ސަރަހައްދުގެ ހާލަތު ބަޔާންކޮށް މަރާމާތުކޮށްދިނުމަށްއެދި ފޮނުވާފައިވާ ސިޓީއާއި 18 ޑިސެމްބަރ 2022ގައި ކެޔޮދޫ ބަނދަރުގެ އިރުވައި ކޮޅުގައި ވާއެއްސުމަށް ހަރުކޮށްފައިވާ 5 ބުޅިއާއި، ހުޅަނގުކޮޅުގައި ވާއެއްސުމަށް ހަރުކޮށްފައިވާ 2 ބުޅި ހަލާކުވެފައިވާ ކަމަށް ބަޔާންކޮށް ފޮނުވާފައިވާ ސިޓީއާ ގުޅޭގޮތުންނާއި،  ކެޔޮދޫގެ ބަނދަރު ތިލަވުމާއި، ފެރީ ޓާރމިނަލްއެއް ގާއިމްކުރުމާއި، ރަށުގައި ރަނގަޅު ފެންވަރެއްގެ ދަތުރުފަތުރުގެ ނިޒާމެއް ނެތުމާއި ޓާމިނަލް ނެތުމުގެ ސަބަބުން ރަށާއި އަތޮޅު ރައްޔިތުންނަށް ހެޔޮ އަގެއްގައި ދަތުރުކުރުމުގެ ދަތިތަކާ ދިމާވުމާއި، މިހާރު ދަތުރުކުރާ ލޯންޗްގެ އަގު ތަކާއި އެކަމުގައި ރައްޔިތުންނަށް ހުރި ދަތިތަކާއި، CSRޕްރޮގްރާމްގެ ދަށުން ބަނދަރު ހިޔާކުރުމަށް އެހީތެރިކަން ފޯރުކޮށްދެއްވުމާއި، ބަނދަރު ފާލަން ހަދައި ނިމިފައި ވީނަމަވެސް އަދި ހިޔާކޮށްފައި ނުވުމާކަމާއި، އަދި މީގެ އިތުރުން ކުޑަކުދިންގެ ޕާކް ހެދުމަށް މާލީ އެހީތެރިކަން ފޯރުކޮށްދެއްވުމާއި، ފުޓްބޯޅަ ދަނޑުގެ ސަބްބޭސް އެޅުމަށް އެހީތެރިވުމާ ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރައްވާ މަޝްވަރާކުރައްވާފައެވެ. އަދި MTCCގެ ފަރާތުން މި ކަންކަމާ ގުޅިގެން ވަނީ ބަނދަރު ސަރަހައްދުގައި ހަލާކުވެފައި ހުރި ބުޅިތަކާއި ބަނދަރު ތިލަވުމުގެ މައްސަލަ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް ސިޓީއިން އެދިލެއްވުމަށާއި، ބަނދަރު ސަރަހައްދުގައި ހަލާކުވެފައި ހުރި ބުޅިތަކުގެ މައްސަލަ ޕްރޮޖެކްޓް މީޓިންގ ގައި މަޝްވަރާކުރާނެ ކަމަށާއި އަވަސް ހައްލެއް ލިބޭނެ ކަމަށާއި، މީހުން ދިރިއުޅޭ ރަށްތަކުގައި RTLގެ ފެރީ ހިދުމަތުން ރަށްތަށް ގުޅުވާލެވޭނެ ކަމަށާއި މިއަހަރު ތެރޭގައި އެ ހިދުމަތް ފެށިގެންދާނެކަމަށް ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *