ވ.ކެޔޮދޫ ކައުންސިލްގެ ފަރާތުން ބޭންކް އޮފް މޯލްޑިވްސް އާއި ބައްދަލުކުރެއްވުން
ވ.ކެޔޮދޫ ކައުންސިލްގެ ފަރާތުން 2023 ފެބުރުވަރީ 7 ވަނަ ދުވަހުގައި ވަނީ ބޭންކް އިފް މޯލްޑިވްސް އާއި ބައްދަލުކޮށް، ކެޔޮދޫ ކައުންސިލަށް ބޭނުންވާ ކަންކަމާއި ބެހޭގޮތުން މަޝްވަރާ ކުރެވިފައެވެ. އެގޮތުން ކައުންސިލްގެ ފަރާތުން ހިއްސާކުރެއްވި މައިގަނޑު ކަންކަމުގެ ތެރޭގައި، ރަށުގައި އޭ.ޓީ.އެމް މެޝިންއެއް ނެތުމުން ކުރިމަތިވާ ދަތިއުނދަގޫތައް ހިއްސާކުރެވުނެވެ. މިގޮތުން މިރަށަކީ ފަތުރުވެރިންނާއި ގިނަ އަދަދެއްގެ ގެސްޓްހައުސް ވިޔަފާރިއާއި ކެފޭ، ރެސްޓޯރެންޓް އަދި ފިހާރަތައް ހުންނަ ރަށަކަށްވާތީ ރުފިޔާ ނެގުމާއި ޖަމާކުރުމަށް ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ދިމާވާ ދަތިތައް ވަނީ ހިއްސާކުރެވިފައެވެ. އަދި މީގެއިތުރުން ބީ.އެމް.އެލް ގެ ފަރާތުން ހިންގާ ސީ.އެސް.އާރު ޕްރޮޖެކްޓްސްތަކުގެ ދަށުން މި ރަށުގައި ކުޑަކުދިންގެ ބަގީޗާ ހެދުމަށް މާލީ އެހީތެރިކަން ފޯރުކޮށްދެއްވުމަށް ވާނީ އެދިފައެވެ.