ވ.ކެޔޮދޫ ކައުންސިލްގެ ފަރާތުން މާލެ ސިޓީ ކައުންސިލާއި ބައްދަލުކުރެއްވުން

ވ.ކެޔޮދޫ ކައުންސިލްގެ ފަރާތުން 2023 ފެބުރުވަރީ 9 ވަނަ ދުވަހުގައި ވަނީ މާލެ ސިޓީ ކައުންސިލާއި ބައްދަލުކޮށް، ކެޔޮދޫ ކައުންސިލަށް ބޭނުންވާ ކަންކަމާއި ބެހޭގޮތުން މަޝްވަރާ ކުރެވިފައެވެ. އެގޮތުން ކައުންސިލްގެ ފަރާތުން ހިއްސާކުރެއްވި މައިގަނޑު ކަންކަމުގެ ތެރޭގައި، ރަށުގެ LUP ނެތުމުގެ ސަބަބުން ދިމާވާ އުދަގޫތަކާއި، ހޭޅިފަށް ހަޑިވުމުގެ ސަބަބުން ރަށުގެ  މަލަމަތި ހަޑިވުމާއި، ރަށުގެ އެކިއެކި ޕްރޮޖެކްޓްތަކަށް ޓެކްނިކަލް ސަޕޯޓް ފޯރުކޮށްދިނުމާއި، ރަށުގެ މަލަމަތި ރީތިކޮށް ބެހެއްޓުމަށްޓަކައި އެކި ޒާތުގެ މާ ގަސްތަކާއި ގަސްތަށް ބެހެއްޓުމަށް މާލެ ސިޓީ ކައުންސިލްގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *