ފުރަތަމަ ފަހަރަށް ބޮޑުޖަމާޢަތުގައި ފިޠުރު ޢީދު ނަމާދު ކޮށްފި

ކެޔޮދޫގައި، ފުރަތަމަ ފަހަރަށް ފިޠުރު ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ކޮށްފިއެވެ. ބޮޑު ޖަމާޢަތުގައި ނަމާދު ކުރުން އޮތީ ކެޔޮދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައެވެ. މިއީ ކެޔޮދޫގައި މިގޮތަށް ބޮޑުޖަމާޢަތުގައި، މައިދާނެއްގައި ޢީދު ނަމާދެއް ކުރި ފުރަތަަމަ ފަހަރެވެ. އިމާމުވެ ފިޠުރު ޢީދު ނަމާދު ކުރީ، ކެޔޮދޫ ކައުންސިލްގެ ރައީސް އަޙްމަދު ސިރާޖެވެ. މިއީ އުފާވެރި ފިޠުރު ޢީދާއި ގުޅިގެން ކައުންސިލުން ކުރިއަށް ގެންދިޔަ އެންމެ ބޮޑު އެއް ޙަރަކާތެވެ. ޢީދު ނަމާދުގައި ރަށުގެ ކުދިބޮޑު ގިނަ ބަޔަކު ބައިވެރިވިއެވެ. ޢީދު ނަމާދަށްފަހު ނަމާދަށް ދިޔަ ކުޑަ ކުދިންނަށް ޢީދު ހަދިޔާ ދިނުުމުގެ ޕްރޮގުރާާެމަކާއި، ޢީދު ނަމާދަށް ދިޔަ ހުރިހާ ފަރާތްތަކަށް ފަންގިކުނާ (ހެނދުނުގެ ސައި) ގެ ހަރަކާތެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *